ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލާން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލާން ނިންމާފައިވާކަމަށެވެ. މި ދެ ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ ދެ ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނާއި ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ ޢަބްދުލްޙާދީއާ ދެމެދު ކަމަށެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނިކަމަށް ޝަރީފް ވިދާޅުވިއެވެ. މި ދެ ރަށުގައި ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ފަހުން އިޢުލާން ކުރައްވާނެކަމަށާއި، ދެ ރަށުގައިވެސް ވޯޓުލެވޭނީ، ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: