ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ އިވެންޓެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާނެކަން އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދާއިރާތަކުގެ މަގާމްތަކަށް ކުރިމަތިލުމަށް ފުރުޞަތު އޭޕްރިން 24 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި، އަދި އަދި އެދުވަހު ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ.

އެމްޑީޕީން ބުނީ ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު އޭޕްރިލް 28 އަށް ހަމަވާނެ ކަމަށާއި، ފައިނަލް ވޯޓަރޒް ލިސްޓް މޭ ފަސް ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މޭ އަށްވަނަ ދުވަހު ކަމަށްވެސް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ

އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު ބެއްވުމަށް ހަމަޖެހިފައިވަނީ މޭ 29 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: