ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެކޯޑު އަދަދެއް، މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 300 އިން މަތީގައި

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ ފޮޓޯ: ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިއަދު އިތުރު 319 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު 319 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ އެއް ދުވަހާ ކޮވިޑް ކޭސްތައް މިހާބޮޑަށް މައްޗަށް އަރައިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ބޮޑު ބައެއް ޕޮޒިޓިވް ވެފައިވަނީ އަތޮޅުތެރޭ ރަށްތަކުންނެވެ. އެގޮތުން 182 މީހުން ވަނީ އަތޮޅުތެރޭ ރަށްތަކުން ޕޮޒިޓިވް ވެފައެވެ.

މިއަދު މާލެއިން 108 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 22 މީހެކެވެ. އަދި އިންޑަސްޓްރިއަލް ރަށްތަކުން 8 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވެ ވެފައެވެ.

މިއާއެކު ޖުމްލަ 27،403 މީހުން ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވެ ވެފައެވެ. އޭގެ ތެރެއިން 24،116 މީހުން ބަލިން ރަނގަޅު ވެފައިވާއިރު، 3،207 މީހުން މިހާރު އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން 98 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިގެން ފަރުވާދެމުން އަންނަ ފަރާތްތަކެވެ.

މިބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 71 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: