ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރަން އުޝާމް ގޮވާލައިފި

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އިންޑިއާގެ ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ ދަތުރުފަތުރު ކުރެވޭނީ ރައްކާތެރިކަމާއިއެކު އަޅަންޖެހޭ އެންމެހައި ފިޔަވަޅު އަޅައި އެންމެންގެ ރައްކާތެރިކަން ކަށަވަރު ވެގެން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އުޝާމް ވަނީ އިންޑިއާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ ސުވާލު ކުރައްވާފައެވެ.

“ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާއިރު، އަމަލުން އެކަން ނުފެނޭ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށް ދެކެން.” އުޝާމް ވިދާޅުވިއެވެ.

އިންޑިއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެގައުމުން 314،835 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އެއީ އެއް ދުވަހުގެ އެއް ޤައުމެއްގައި ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

ދުނިގެ ނިސްބަތުން ބަލާއިރު އިންޑިއާ އަކީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ގައުމެވެ. އެގޮތުން ޖުމްލަ 16,263,695 މީހުން ބައްޔަށް ފައްސިވި އިރު 186,928 މީހުން ބަލީގައި މަރުވެފައި ވެއެވެ. އަދި ބަލި ޖެހި، ހާލު ދެރަ 8,944 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: