ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 71 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ބ.އޭދަފުށިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު، އެރަށުން މިހާތަނަށް 609 ސާމްޕަލެއްވަނީ ނަގާފައެވެ. އަދި މީގެ ތެެރެއިން 71 މީހަކު ޕޮޒިޓިވްވެފައިވާއިރު 50 ސާމްޕަލެއްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ. މީގެ އިތުރުން އެރަށުގައި ޤައިމްކޮށްފައިވާ ރީޖަނަލް ކޮވިޑް-19 ސެންޓަރުގައި އެއްވެސް މީހަކަށް ފަރުވާދެމުން ނުގެންދެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: