ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލާގައި ބައެއް މެމްބަރުންގެ ގޮޑި ގެއްލިދާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައިފި ނަމަ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ އިންޒާރު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާން މަޖްލިސްގެ ރިޔާސަތުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލައިގެ އަޑި ހޯދާނެކަމަށާއި އެކަން ނުބަލައި ދޫނުކޮށްލަވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނެނީ “ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް” އެމައްސަލަ ބަލާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ ތާއިދު ލިބޭނެކަމަށް ޝައްކު ނުކުރައްވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން އެކަމަށް އިޖާބަދޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރްސީ މައްސަލަ އޮތް ހިސާބެއް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އެމަނިކުފާނު އިއްޔެ ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: