ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ބޮޑު އައުޓްބްރޭކެއް އެބަ އޮތް: ޑރ. ނަޒްލާ

ޑރ ނަޒްލާ މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މާލޭގައި ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅޭކަމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 21 އާއި 27 އާއި ދެމެދުގެ ޑާޓާ އަށް ބަލާއިރު ޕޮޒިޓިވް ވާ ރޭޓް ހަތަކުން 10 އަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ފްލޫ ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް އަރާފައިވާކަށެވެ. އެ އަދަދުތައް ފަސް ޕަސެންޓުގައި ބަހައްޓަން މަސައްކަތް ކުރާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ .ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފެށިފަހުން ސިވިއަރިޓީ ދަށްވެއްޖެ ކަމަށެވެ. ނަމަވެސް މަތިވަމުން ދާ ވަރަކަށް އެޑްމިޓްކުރާ ޕަސެންޓް މަތިވާނެ ކަމުގައިވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު، މާޗު މަހުގެ 10 ން ފެށިގެން ފުރަތަމަ ހަފްތާގައި އެ ރޭޓް ހުރީ ތިން ޕަސެންޓުގަ އެވެ. ނަމަވެސް ދެ ވަނަ ހަފްތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ވަނީ ހަޔަކަށް އަރައިފަ އެވެ. އޭގެ ފަހުން ހަ ވަނަ ހަފްތާއާ ހަމައަށް އެ ރޭޓު ހުރީ ފަސް ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދު އެވެ.

ނަމަވެސް 21 އޭޕްރީލް އިން ފެށިގެން 27 އޭޕްރީލް އަށް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ވަނީ ހަތަކުން 10 އަށް މައްޗަށް އަރައިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސާމްޕަލް ޕޮސިޓިޥިޓީ ރޭޓް ދަޠްކުރައްވަނީ އަމިއްލަ ފުޅަށްތޯ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: