ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމީދޫ ކްލަސްޓާ: އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 12 އަށް!

ކޮވިޑު ސާމްޕަލް ނެގުމުގައި އެޗްޕީއޭ ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުޅުމީދޫއިން އިތުރު ފަސް މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއް ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ބާރައަށް އަރައިފި އެވެ.

ރޯގާގެ އަލާމާތްތަކާއި އެކު އައްޑޫ އީކުއޭޓާރ ހޮސްޕިޓަލަށް ދެއްކި ޒުވާނަކު ކޮވިޑު-19 އަށް ޕޮޒިޓިވެއްޖެ އެވެ.

ހުޅުމީދޫ އާއި މާލެ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު، ރޯގާގެ އަލާމާތްތަކާއި އެކު ރަށުގެ ސިއްހީ މަރުކަޒަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ބުރާސްފަތި ދުވަހު އެވެ. އަދި އެ ކޭސްގައި އޭނާއާއި ކޮންޓެކްޓުވެފައިވާ 16 މީހެއްގެ ސާމްޕަލް ނެގިއިރު ފަސް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވި އެވެ. އޭގެ ތެރޭގައި ބޯޓުގައި މަސައްކަތް ކުރާ ތިން ދިވެހިން ހިމެނެ އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ދީދީ ވިދާޅުވީ މިއަދު ބައްޔަށް ޕޮޒިޓިވްވީ، ނިއުލަން ބޯޓުން ޕޮޒިޓިވްވެފައިވާ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުން ކަމަށެވެ. އަދި ރަށުން ނެގި ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތްތަކާއި އެކު، ހިތަދޫ އީކުއޭޓާރ ހޮސްޕިޓަލަށް ދެއްކި މީހަކަށް ކޮވިޑު ޖެހިގެން މިއަދު ރިޕޯޓުކޮށްފައި ވެއެވެ. މި ކޭސްއާއި، އަދި ހުޅުމީދޫގެ ކޭސްތައް އިތުރުވެދާނެކަމުގެ ބިރު އޮތުމުން މުޅި އައްޑޫ ވަނީ ލޮކްޑައުންކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: