ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓުގެ އިތުރުން އިސް މަގާމުތަކަށް ވެސް ބަދަލު އަންނާނެ: ރައީސް އޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އިތުރުން ސަރުކާރުގެ އިތުރު އިސް މަގާމުތަކަށްވެސް ބަދަލް އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި މިނިސްޓްރީތަކާއި ކެބިނެޓަށް އެކި ބަދަލުތައް ގެންނަވާނެ ވާހަކަ ރައީސް ސާލިހު ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ސާލިހު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކޯލިޝަނުގެ ޕާޓަނަރުންނާއެކު މަޝްވަރާ ކުރެއްވުމެވެ. ސަރުކާރުގެ ހިންގަން ތިބޭނެ ބަޔަކާއި ކެބިނެޓާއި ގުޅޭގޮތުން ކޯލިޝަނުގައި ހިމެނޭ ބައިވެރިންނާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި އެކަމަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް އިތުރަށް ވިދާޅުވެފައި ވަނީ މި މަޝްވަރާ ތަކަތީ ކުރިއަަށްދާ މަޝްވަރާތަކެއް ކަމުން އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ. ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެކަން ފަށައިގެން ކުރިއަށްދާ ކަމަށާއި އެގޮތުގެ މަތިން މިހާރު މަޝްވަރާ ކުރުމަށް ކޯލިޝަނުގެ ލީޑަރުންނަށް ސިޓީ ފޮނުވައި އަންގާފައިވާނެ ކަމަށެވެ. އަދި ސީދާ ވަކި ވަޒީރެއް ވަކިކުރަން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުން ބުނީ އަދި މަޝްވަރާތައް އެހިސާބަށް ނުދާ ކަމަށާއި އެއްވެސް ވަޒީރަކަށް ޓާގެޓުކޮށްފައިނުވާނެ ކަމަށެވެ. އަދި މަޝްވަރާތައް ކިރިޔާ ފެށުނީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިހާތަނަށް ހާމަވެފައިވާ މައުލުމާތުތަކުގެ ތެރޭގައި 4 މަގާމަކަށް ބަދަލް ގެންނަން ރައީސް އޮފީހުން ނިންމާފައިވާކަމަށް ވަނީ ހާމަވެފައެވެ. އެގޮތުން ބަދަލް ގެންނަން ނިންމާފައިވާ މަގާމްތަކުގެ ތެރޭގައި އެންވަޔަމެންޓް މިނިސްޓަރާއި ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މަގާމް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: