ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ލޮކްޑައުން ކުރަން އުޅޭ ވާހަކަ އަކީ ދޮގެއް: މަބްރޫކް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ލޮކްޑައުން ކުރަން އުޅޭ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދޮގު ކުރައްވައިފިއެވެ.

މަބްރޫކް މިހެން ވިދާޅުވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ލޮކްޑައުންކުރަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެގޮތުން މަބްރޫކް ވިދާޅުވީ ފިޔަވަޅުތަކާ ގުޅިގެން ދޮގު މައުލޫމާތާއި ހަބަރު ނުފެތުރުމަަށް އެދޭ ކަމަަށެވެ.

“މަޝްވަރާތައް ކުރެވެމުން ދަނީ. އަދި ސީދާ ވަކި ނިންމުމެއް ނިންމާފައެއް ނުވޭ.” މަބްރޫކް ވިދާޅުވިއެވެ.

ފިޔަވަޅުތައް އިއުލާންކުރަން ނިންމާފައިވާއިރު ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް 508 މީހުން ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 276 މީހުންނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވި 222 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: