ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެެއްކާވެސް ރެކޯޑު އަދަދެއް، މިއަދު 585 މީހުން ޕޮޮޒިޓިވް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އަނެެެއްކާވެސް ރެކޯރޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ރާއްޖެއިން 585 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނައިން މީހުން ޕޮޒިޓިވް ވި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަކޮށްފައިވާ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން 397 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 160 މީހުން އަތޮޅުތަކުން ވަނީ ޕޮޒިޓިވްވެފައެވެ. 11 މީހަކު ވަނީ ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހަދަމުންދާ ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 6،033 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 173 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 31،330 މީހުންނަށް ވަނީ ކޮވިޑް ޖެހިފައި ވާއިރު މި ބަލިން މިހާތަނަށް 25،214 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް 4255 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިއާއިއެކު ރާއްޖެއިން 7 ލައްކައަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 74 މީހުން ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: