ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއަށް އިތުރު 50 އެނދު، ފަރުކޮޅުފުށި ފުލްވެ ވެލިދޫ ފެސިލިޓީގެ އޮޕަރޭޝަން ފަށަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގައި ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގެ އެނދުތައް ފުރި، ވެލިދޫގައި ގާއިމް ކުރި އައިސިލޮޝަން ފެސިލިޓީގެ އޮޕަރޭޝަންގެ މަސައްކަތްތައް ފެށުމަށް ނިންމައިފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށެވެ. މަބްރޫކް ވިދާޅުވީ މާލެ ސަަރަހައްދުގައި ފެސިލިޓީގެ ގޮތުގައި ގާއިމްކޮށްފައިވާ އެނދުތަކުގެ ކެޕޭސިޓީ ފުލްވެ، ސިއްހީ ހިދުމަތްތައް ފުޅާ ކުރަންޖެހިފައިވާކަމަށެވެ.

މިދިޔަ އަހަރު ގާއިމް ކުރި ފަރުކޮޅުފުށީގެ އެނދުގެ ކެޕޭސިޓީއަކީ 111 އެވެ. އެހެންވެ، ބުރާސްފަތި ދުވަހުން ފެށިގެން ބަލި މީހުން ވެލިދޫއަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް ކުރާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ހުޅުމާލޭގެ 248 އެނދެއްގެ ތެރެއިން 171 އެނދު ވަނީ ފުރިފަ އެވެ. އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 16 ގައި މާބަނޑު މީހުންނަށް ހާއްސަ ކުރި އެނދުތައް ވެސް ފުލްވެފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު 7،109 ގައި ހުރިއިރު އޭގެ ތެރެއިން 198 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ބަލި ޖެހޭ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރުވާނެކަމަށް ބެލެވޭތީ، ހުޅުމާލޭގެ ފެސިލިޓީގެ އެނދުތައް ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، 12 އެނދު އިތުރުކުރުމަށްފަހު، ބުރާސްފަތި ދުވަހު އިތުރު 08 އެނދު އޮޕަރޭޝަންއަށް ގެނެވޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ދެ މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ ކޮވިޑު ޖެހިގެން މާބަނޑު މީހެއްގެ ހާލު ގޯސްވި ފުރަތަމަ ފަހަރު ކަމަށެވެ.

ބަލީގައި ހާލަތު ގޯސްވާ ގިނަ މީހުންނަށް ވެންޓިލޭޓަރުގެ އެހީ ފޯރުކޮށްދޭން ޖެހޭއިރު، ގިނަ މީހުން ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ވެންޓިލޭޓަރުގައި ބާއްވަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 734 އަށް އަރާފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ބަލި ޖެހުނު 540 މީހެއް ހިމެނެ އެވެ. އަދި ރާއްޖޭގެ ރަށްތަކުން ބައްޔަށް ޕޮޒިޓިވްވީ 186 މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: