ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 09 އިން 10 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަމާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެ ކުންފުނީގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުމަށް ނިންމާފައިވާކަމަށް ބުނެފިއެވެ.

އެގޮތުން 4 މެއި 2021 ގައި ވެމްކޯއިން އިއުލާންކުރި ބަދަލުތަކަށް އިސްލާހު ގެނެވިފައިވާކަމަށް ބަޔާނުގައި ހާމަކުރިއެވެ. މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މި ސަރަހައްދުގައި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ދޭހިދުމަތް ހަވީރުގެ 17:00 އާއި ހަމަޔަށް ކުރިޔަށް ގެންދިޔުމަށް ވަނީ ބަދަލު ގެނެވިފައެވެ. އަދި ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވަގުތު 15:00 އިން 09:00 އަށް ބަދަލުކުރުމުގެ އިތުރުން ގޭބީސީ ތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ އެވެ.

ގޭބީސީ ތަކުން ކުނި ނެރެން ޖެހޭ ވަގުތެއްކަމަށް ވެމްކޯއިން ބުނީ ރޭގަނޑު 21:00 އިން 22:00 އާ ދެމެދުގައެވެ.

މީގެ ކުރިން ރޯދަ މަހު ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ހަމަޖެއްސީ ރޭގަނޑު 10 އާއި 11 އާއި ދެމެދު އެވެ. މި ބަދަލު ގެނައީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެމްކޯ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: