ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ މީހުންގެ މުޅި ލިސްޓް މިހާރު ވަނީ މަޖިލިސް އަށް ލިބިފަ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަަލައިގައި ހެމެނޭ މީހުންގެ ލިސްޓު މިހާރު މަޖިލީހަށް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއް ހިއްސާ ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެސެޓް ރިކަވަރީ ކޮމިޝަންގައި ހިމެނޭ އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

“އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ މީހުންގެ މުޅި ލިސްޓް މިހާރު ވަނީ މަޖިލިސް އަށް ލިބިފަ.” ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށާއި އެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް މަޖިލީހުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރަން އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދެންނެވުމުން އެ ހުރިހާ އިދާރާއަކުން ވެސް އެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަޔާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ލިސްޓު އެކެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: