ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވުމުން، ރާއްޖެ ޔޫކޭގެ ރެޑް ލިސްޓަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ޔޫކޭގެ ރެޑް ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓްގައި ރާއްޖެ ހިމެނިކަން އިއުލާންކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ރާއްޖޭގެ އިތުރުން ތުރުކީ އާއި ނޭޕާލް ވެސް ވަނީ ލިސްޓަށް އިތުރުކޮށްފައެވެ. މިހާރު ރަތް ލިސްޓްގައި 43 ގައުމެއް އިނގިރޭސިވިލާތުން ވަނީ ހިމަނާފައެވެ.

އިންޑިއާ ވެސް ވަނީ ދާދި ފަހުން މި ލިސްޓަށް ލާފައެވެ. އުސޫލެއްގެ ގޮތުން ގައުމެއް ރެޑް ލިސްޓަށް ލާނެކަން އިއުލާނުކުރި ނަމަވެސް ލިސްޓަށް އެ ގައުމެއް ލަނީ ދިހަވަރަކަށް ދުވަސް ފަހުންނެވެ.

މިގައުމުތަކަށް ދަތުރުކުރުމަށް ފަހު އެނބުރި އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ކަރަންޓީން ވުން މަޖުބޫރު ވާނެއެވެ. ކަރަންޓީން ވާން ޖެހޭނީ ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓަލެއްގައެވެ. އެހޮޓަލަށް ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: