ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުހުމަތު ކުރެވޭ މީހުން އިތުރުވާނެ: ސީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަށް ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯ އާއްމުކޮށްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު މީހާ ކަމަށާއި އެ ހަމަލާ ދިން ވަގުތު އޭނާ ހުރީ ނީލޯފަރު މަގުގެ ކުރިމައްޗަށް ވާގޮތަށް ހުރި ގެސްޓް ހައުސްގެ ތިރީގައި ކަމަށް ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ހަމަލާ ދިން ކަމަށް ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންގެ ވަނަވަރު ވެސް އާއްމުކޮށްފައެވެ. ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޖާޒް އަހުމަދު (މއ. ފޭރުގެ/ ކ.މާލެ) އާއި ތަހުމީން އަހުމަދު (ފޮޅޭމާ/ ގއ. ކޮނޑޭ) އެވެ. އޭގެތެރެއިން ތަހުމީންއަކީ ގޮއްވާލި ޑިވައިސް ބާއްވާފައިވާ އޮތް ސައިކަލްގެ ވެރި ފަރާތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އޭގެތެރެއިން އަދި ހައްޔަރުކުރެވިފައިވަނީ މިއަދު ވަނަވަރު ހާމަކުރި ދެމީހުންނެވެ.

ސީޕީ ވިދާޅުވީ މި މައްސަލާގެ ތަހުގީގުގެ ކުރީ ކޮޅު ތުހުމަތު ކުރެވެނީ ހަތަރު މީހަކަށް ވީ ނަމަވެސް ތަހުގީގު ކުރިއަށް ދިޔަ ވަރަކަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: