ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރުގައި ތިބި ފަރާތްތަކަށް ހަމްދަރުދީވާ މީހުންނާ މެެދު ވެސް ފިޔަވަޅު އަޅާނެ: ފުލުހުން

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަދުހަމް އަހުމަދު ރަޝީދު—
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމަށް ހިތްވަރުދީ، ހަމަލާގެ ބައިވެރިންނަށް ހަމްދަރުދީ ފާޅުކޮށް އެކި ކޮމަންޓުކުރާ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު އެކި ފަރާތްތަކުން ސޯޝަލް މީޑިއާ އާއި ބައެއް އޮންލައިން ނޫސްތަކުގެ އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރު ލިބޭ އަދި މިކަން ކުރި މީހުންނަށް ތައުރީފު ލިބޭ ކަހަލަ ކޮމެންޓުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

“ބައެއް ފަރާތްތަކުން ޓެރެރިޒަމްގެ މި އަމަލަށް ހިތްވަރުދޭ ކަހަލަ، އެކަން ކުރި މީހުންނަށް ތައުރީފްކޮށްފައި ކޮމެންޓް ކުރުން ފަދަ ކަންކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މި ބާވާވަތުގެ ޓެރެރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފް ކުރުމާއި، ހިތްވަރު ދިނުމާއި ޝައުގުވެރިވުމާއި، ތާއިދުކުރާކަން ދެއްކުމަކީ ދިވެހި ރާއްޖޭގެ ޓެރަރިޒަމް ގާނޫނު ތަކުން މަނާކޮށްފައިވާ އަދި އެހެން ގާނޫނުތަކުންވެސް މުއްދަތު ކަނޑައެޅިގައިވާ ޖިނާއީ ކުށްތަކެއްކަން އަޅުގަނޑު ފާހަަގަކޮށްލަން ބޭނުން”. ރިޔާޒް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންނަކީ ވެސް ކުށުގެ އެކި ރިކޯޑުތައް އޮތް މީހުން ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 53%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 2%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހުރިހާ މަޚްލޫގެއްގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އަންގަވާފައިވާ ހުކުމްފުޅުތަށް މުގުރާލުމަށް ފަހު މަރަށް މަރުހިފުމާ ދެކޮޅު ވާހަކަ ދެއްކުން އޯކޭ، ވައްކަން ކުރާ މީހުން އަތް ކެނޑުމާ ދެކޮޅު ވާހަކަ ދެއްކުން އޯކޭ، ރަސޫލާއަށް ފުރައްސާރަ ކުރުން އޯކޭ، ދުޢާތަކާއި ޛިކުރުތަކަށް ޑެންމާކުގައި މަލާމާތްކޮށް ހަޖޫޖެހުން އޯކޭ. ރާބޯން ހިތްވަރު ދިނުން އޯކޭ. އެކަމް ސުންޕާ ސިއްކަގޭ މީހަކަށް ކަމެއް ވާއިރަށް، އޭނަޔަށް ކުޑައިމީސް ބަހެއް ބުނުންވެސް އަދަބު ކަނޑައެޅި ގާނޫނު އަރާ ހަމަވެފަ. ރިޔާޒް ސިކުނޑި ހަމަތަ؟

  2. ހިތްވަރު ދިނުމެއްނެތް! ނަމަވެސް އަމުނު ބަލަހައްޓަވާ އިދާރާއިން އެބަވިދާލުވޭ ހަރުކަށި ފިކުރެއްގެ މީހުންގެ ވާހަކަ! ޢަދިމީހުން އުފައްދާ ތަމްރީނުކުރާވާހަވެސް. އަދި މިއަމިއްލަހާލާއިގެން ސަލާމަތް ނުވާ ވެރިންގެ ތެރޭގައި މިލިއަނުން ވައްކަންކުރާ މީހުންބޮޑުކޯޓު ތުރުކުރައްވައިގެން ރައްޔިތުންގެ މޫނަށް ހައްޕުނުބުރުވަންދީގެންވެސް ބަލަން އެބަތިވޭ. ސަރުކާރާއި ސަރުކާރުގެ އިސްސަފުގެ ވެރިންތިބީ ވައްކަމުން ބެދި ފިއްލަވައިގެން: ރައީސް ނަޝީދަށް ހަމަލާދޭނެކަަމުގެ އިންޒާރުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބި ކީއްވެތޯ ޕެރަލައިޒްވެފައިތިބީ. މިއީ ހިތްވަރެއްނޫން. ވަގުންލައިގެން ވެރިކަމެއްނުކުރެވޭނެ. ޢިންސާފެއްނޯންނާނެ. ޤައުމުގެ ހާލަތަކީ މިއީ ކުށްވެރިވަނީ ރައްޔިތުން ޤާނޫނު ހިންގެނީ ރައްޔިތުން ވެރިންގެތެރޭގައި ވަގުން ތިބިވާކަ ބުނާތީ ޒިއްމާ ނުބެލެހެއްޓޭ ބުނާތީ. ޙަރުކަށި ފިކުރެއްގެ ކާކުފެނުނީ. ޤައުމުގެ ވެރިންނަށް އުޅެވޭ ހާލާއިމެދު ވިސްނުން ބުއްދިވެރި. ފުލުހުން ނިކުމެ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްގެން އެތިބަމީހުން ބަންދުކުރޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: