ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފަ ބަދަލުކުރުމަށް އަދުހަމް މަސައްކަތް ކޮށްފައިވޭ: ޕޮލިސް

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަދުހަމް އަހުމަދު ރަޝީދު—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަހުމަދު އަދުހަމް ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމަށް ހަރަކާތްތެރިވި އަދުހަމް ސިފަ ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ދިރިއުޅޭ ތަން ބަލައި ބެލުމުން އެކަމަށް ތައްޔާރުވެފައިވާކަން އެނގޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

“ތުނބުޅި ބާލާފައިވާކަން ފާހަގަކުރެވޭ. އަދި ހަމަ އެއާއެކު ކޮންމެ ވެސް ވަރަކަށް ބޮލުގެ އިސްތަށިގަނޑު ތުނި ކުރަން މަސައްކަތް ކޮށްފައިވާ ކަން ފާހަގަވި. މިކަމަށް ބޭޏުން ކުރި އާލާތްވެސް ރިކަވަރ ކުރެވުނު އެގެއިން” ސީޕީ ވިދާޅުވިއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ އިންނެވެ. އަދި އިއްޔެ ވެސް ދެ މީހަކު ވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއެވެ. އެ ތިން މީހުންގެ ބަންދަށް ވެސް މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: