ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ފަސްމީހަކުން ތިން މީހުން ޕޮޒިޓިވްވޭ: އެޗްޕީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް ޓެސްޓްކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކު ޕޮޒިޓިވް ވާކަމަށް ހެލްތް ޕްރޮޓެކްޝަންސީ އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި މީހުން ޕޮޒިޓިވްވާ މިންވަރު އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއިން އޭޕްރިލް މަހުގެ މެދުތެރޭން ފެށިގެން ކޮވިޑް-19 އަސް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 200 އިން މަތީގައެވެ. އަދި މިއަދަދު ވަނީ 700 ފަހަނަ އަޅާ ގޮސްފައެވެ.

މިއާއިއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެ މިވަގުތު ފަރުވާ ދެމުންދާ އަދަދުވެސް ވަނީ އިންތިހާއަށް މަށްޗަށް ގޮސްފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދަ މީހުންގެ އަދދު ގިނަވެ ދުވާލެއްގެ މަށްޗަށް މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް މިވަނީ ރެކޯރޑް އަދަދަކަށް އަރާފައެވެ. މިބަލީގައި އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭމީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގެ އައިސީޔޫ ފުރިފައިވާކަމަށާއި އިތުރު އައިސީޔޫއެއް ގާއިމްކުރަން ޖެހޭނެކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.

ބަލި ރާއްޖެގައި ނުރައްކާތެރި މިންވަރަކަށް ފެތުރެމުންދާ މި ދަނޑުވަޅުގައި ރައްކާތެރި ވުމުގެ ގޮތުން އެޗްޕީއޭއިންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަނެއްކާވެސް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: