ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުން ދެމުން ގެންދިޔަ ގިނަ ހިދުމަތްތަކެއް މެދު ކަނޑާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ހުޅުމާލޭ ހޮސްޕޮޓަލުން ދެވޭ ގިނަ ހިދުމަތްތަކެއް މެދުކަނޑާލައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން އެ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ތެރެއިން ހަތް ހިދުމަތެއް ފިޔަވާ އެހެނިހެން ހިދުމަތްތައް މިއަދުން ފެށިގެން ވަކިގޮތަކަށް އަންގަންދެން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ހިދުމަތްތަކަކީ 24 ގަޑިއިރު އެމަޖެންސީ ހިދުމަތް، ޑައިލިސިސްގެ ހިދުމަތް، މިހާރު ރަޖިސްޓްރީކޮށްފައި ތިބި މާބަނޑު މީހުންނަށް ދެވޭ އޭއެންސީ ހިދުމަތް، އޮންކޮލޮޖީގެ ހިދުމަތް، ކުޑަކުދިންގެ ވެކްސިން ޖަހައިދިނުން، ލެބޯޓަރީގެ ހިދުމަތުގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެކްޓިވް ކޭސްތައް 9000 އިން މައްޗަށް އަރާފައިވާއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭމީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިވަގުތު އައިސީޔޫވެސް ފުރުމަކާ ގާތަށްވަނީ އައިސްފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: