ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމްކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތްގެ ވަކި ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ފްރޮންޓް އޮފިސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު ވިދާޅުވީ، ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އަންނަ މަހުގެ 10 ވަނަ ދުވަހު އެތަން ހުޅުވަން މަސައްކަތް ކުރާކަމަށެވެ.

އެ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށީ މީގެ ދެ މަހެއް ކުރިންނެވެ. އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ނަން ނޯޓު ކޮށްފައިވިއަސް، މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ އެންމެ ސައިކޭޓްރިސްޓެއް ހުރުމެވެ.

ނަމަވެސް އަލަށް ހުޅުވަން މަސައްކަތް ކުރަމުންދާ  މެންޓަލް ހެލްތު ސެންޓަރު ހުޅުވާނީ އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާ އެކުއެވެ.

އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ މެންޓަލް ހެލްތު ސެންޓަރުގެ ތައްޔާރީތަށް ބައްލަވައިލައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ވަގުތު ވަކި ސެންޓަރެއް ހިންގަނީ އައިޖީއެމްއެޗްގައި އެކަންޏެވެ. އެކަމަކު އެ ސެންޓަރުން ފަރުވާ ހޯދުމަށް ވެސް އެވްރެޖުކޮށް އަހަރެއް ވަންދެން މަޑުކުރަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: