ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލްގެ ވޭނަކުންޖެހި ހަތަަރު މީހަކަށް ބޮޑެތި އަނިޔާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލްގައި ދުއްވާ ވޭނަކުން ޖެހި ހަތަރުމީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ޓްރާންސްޕޯޓް ސައިޑް އިން ދުއްވާފައި ނިކުތް ވޭނެއް ކޮންޓްރޯލް އިން ނެއްޓިގެން ގޮސް ބޯގަންވިލާ މަގު ޕޭވްމަންޓް މަތީގައި ތިބި ތިން މީހުންގެ ގައިގައި ޖެހުމަށްފަހު ބޯގަންވިލާ މަގާއި ވީ ފަޅިން 168 ވަނަ ފްލެޓް ގެ އިރުމަތީ ފަރާތު ފާރު ކަނުގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު 3.40 ގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ގައި ވޭން ދުއްވަން އިން ޑްރައިވަރާ އެކު ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ދިވހެި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވޭން ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ އީ ކެޓަގަރީގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: