ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ލިފްޓު ތެރެއަށް މީހަކު ވިހެއި މައްސަލަ ބަލަން ފަށައިފި

ހުޅުމާލެ ހޮސްޕިޓަލް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލުގައި އަންހެނަކު ވިހެއުމުގައި އެ ހޮސްޕިޓަލުން އިހުމާލުވިކަމަށް ބުނާ މައްސަލަ ބަލަން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ހޮސްޕިޓަލުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ. އަދި މިކަން ހިނގާދިޔަގޮތް ބެލުމަށްފަހު، ހޮސްޕިޓަލުގެ ޕޭޝަންޓް ކެއަރ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއް ހުރި ނަމަ އެކަންކަން ކުރުމަށް ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ހޮސްޕިޓަލުން ފަސްނުޖެހޭނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ލިފްޓުތެރެއަށް އަންހެނަކު ވިހޭ މައްސަލަ ފެންމަތިވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ އަންހެން މީހާ ވިހޭ ކުއްޖާ އޮތީ ނިޔާވެފައެވެ. އެ އަންހެން މީހާގެ އާއިލާއިން ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އެހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ އިހުމާލު މިކަމުގައި އޮތް ކަމަށް ބުނެފައެވެ.

އާއިލާ އިން ބުނާ ގޮތުގައި އަށް މަހުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާއި ގުޅިގެންނެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަފަދަ ހަރުދަނާ ހިދުމަތަކަށް ހެދުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: