ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 25 މީހަކު ޕޮޒިޓިވްވެ، ފުވައްމުލައް ނުރައްކަލުގައި

ރިސޯޓުން ފިލައިގެން ފުވައްމުލައް ސިޓީ ދިޔަ ދެ މީހުންގެ ބަންދަށް 15 ދުވަސް - ފޮޓޯ: ޓްރިޕް އެޑްވައިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީން އިތުރު 25 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް ފުވައްމުލަށް ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަށް ހޮސްޕިޓަލުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން އިއްޔެ އެ ރަށުން ވަނީ 25 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 70 އަށް އަރާފައެވެ. ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 102 ގައި އުޅޭއިރު އިއްޔެ އެ ރަށުން ވަނީ 51 ސާމްޕަލެއް ނަގާފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

އަދި މި ބައްޔަށް މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުންނަ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށް ފުވައްމުލަށް ހޮސްޕިޓަލުން ބުނެއެވެ. އެހެންކަމުން އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ދެއްވާ ސަމާލުކަން އިތުރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަންސީ އޭޖެންސީ އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހަތް ދުވަހުގެ މުއްދަތަށް ހަވީރު 6 އިން ފަތިހު 4 އަށް އެ ރަށުގައި ކާފިއު ހިންގުން ހިމެނެއެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: