ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ. ވާދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ވާދޫ—
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ވާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވް ވެފައި ވަނީ 19 އަހަރުގެ ޒުވާނެއްކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގައި ހުއްްޓާ އަލާމާތްތައް ފެނުމުން ނެގި ސާމްޕަލުންނެވެ. އަދި އޭނާއާ އިތުރު ބައެއް ފަރާތްތަކާ ކޮންޓެކްޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިކަން ކަށަވަރު ކޮށްދެއްވާ ވިދާޅުވެފައި ވަނީ މިވަގުތު ރަށުގެ ރައްޔިތުން ކެތްތެރިވެ، ކޮންމެހެން ބޭރަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: