ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްއާއި ދެކޮޅަށް އައްޑޫގައި އޮޕަރޭޝަނެއް، ހަތް މީހަކު ހައްޔަރަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާލޭން މީހަކު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްއާއި ދެކޮޅަށް އައްޑޫ ސިޓީގައި މިވަގުތު އެމްއެންޑީއެފް އާއި ފުލުހުން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އެމްްއެންޑީއެފްގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގައި ފުލުހުންނާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށެވެ.

އޮޕަރޭޝަނާއި ބެހޭ މައުލޫމާތުތައް ފުލުހުން ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މި މަހުގެ 06 ވަނަ ދުވަހުގެ ރޭ ރޭގަނޑުގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ދެރޭ ކުރިން ސިފައިންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަ ކުރިއެވެ. އަދި އެއާޕޯޓަށް އެތެރެވާ އެންމެން ބަލާ ފާސްކޮށް ވެހިކަލްތައް، ވެސް ހުއްޓުވާ ސުވާލުކޮށްފައި ވެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް މިއަދު އައްޑޫގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައީ، ލިބުނު އިންޓެލް އަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުން މިހާތަނަށް އޮަޕަރޭޝަންގައި ހައްޔަރު ކުރި ހަތް މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ނިސްބަތް ވާ، އެ ފިކުރު ފަތުރަން މަސައްކަތް ކުރާ ބައެކެވެ.

ހައްޔަރު ކުރި މީހުންގެ ތެރެެއިން އެކަކު އެއީ، އައްޑޫ ހިތަދޫ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިފުޅުކަމަށް މައުލޫމާތު ލިބެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ރާއްޖޭގެ އެހެން ރަށަކުން އައްޑޫ މަރަދޫއަށް ދިޔަ މީހަކު ހިމެނެ އެވެ. އަދި މި މީހުން ހައްޔަރު ކުރީ، ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބިގެންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: