ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ލިބުނު ގެއްލުންތަކުގެ ފޮޓޯތައް އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކުގެ ފޮޓޯތައް މަޖިލީހުގެ އިދާރާ އިން މިއަދު އާންމުކޮށްފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ފޮޓޯތައް އާންމުކޮށްފައި ވަނީ ނަޝީދުގެ އިޒުނަފުޅާއެކުގައި ކަމަށެވެ.

މަޖިލީހުގެ އިތުރުން ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވެސް ވަނީ އެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

“ހަށިކޮޅަށް ލިބިފައިވާ ޒަހަމުތައް ސީރިއަސް. އެކަމަކު އަޅުގަނޑަށް އިހުސާސް ކުރެވޭ ހިތްވަރުފުޅު ވަރުގަދަކަން،” ޑރ. ނާޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި ވަޑައިގެން މަޖިީދީ މަގުގައި އޮތް ކާރުކޮޅަށް އާރަވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: