ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ ސަބަބުން މުޖުތަމައު މިވަނީ ނުރައްކަލަކަށް ހުށަހެޅިފައި: މަޖިލިސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްގެ އަމަލުތަކެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ

މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން މިމަހުގެ 6 ވަނަ ދުވަހު ދީފައިވާ ހަމަލާއިން އެމަނިކުފާނު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާކަމަށެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު މުޖުތައުތެރޭގައި ބިރުވެރިކަން އުފެދޭހެން ކުރާ މި އަމަލުތައް ރައްޔިތުންގެ މަޖިލީހުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިކަންކަމުގެ ސަބަބުން ދިވެހި ގައުމު ނުރައްކަލަކަށް ހުށައެޅިފައިވާތީ މަޖިލީހުން ނެރުނު ބަޔާނުގައިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މަހުގެ ހަވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލުމަށްދިން ޓެރެރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެގޮތުން އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއްވަނީ ހަދާފައެވެ. އޭޑީކޭގެ ފަރާތުން ރައީސް ނަޝީދަށް ފަރުވާ ދެއްވި ހާއްސަ ޓީމުން ވަނީ ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ކިޔާދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ މިއީ ސީދާ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމަށް ހިންގި ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުޖްތަމަޢު ހަލާކުކުރުމުގެ އަސްލުޒިންމާ ނަގަންޖެހެނު ސިޔަސީމީހުން ނާ މަހުޖަނުން އަދި ތަހުގީގީ އިދާރަތަކާ އަދުލުގެ ނިޒާމް ހަލާކުކޮށްލީ ސިޔާސީ އަދި ފައިސާވެރިން ރިސްވަތައް ހެއްލިފަތިބި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާމިހުން މިކަހަލަ ކަންކަމުގެ ސަބަބުން އެކިކަހަލަ ފިކުރުތަކައް ދޮރުޙުޅުވިގެންގަނީ. ޢަދުލު އިންސާފު ފުޑައިލައިފި ތަނެއް ފަސާދަވާލެއް އަވަސްވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: