ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އިން ދަށުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 741 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން މިއަދުގެ އިރުއޮއްސި 06:00 އާއި ހިސާބަށް ކޮވިޑަށް 741 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 560 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 156 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެކެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު ރާއްޖޭގައި 15،958 މީހަކަށް މިބަލީގައި އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 262 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

މިއާއިއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވިމީހުންގެ ޖުމްލަ އަދަދުވަނީ 44،523 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި މިބަލިން 446 މީހަކުވަނީ ރަނގަޅުވެފަ އެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ އަދަދުވަނީ 28،459 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 2،881 ސާމްޕަލެއް ވަނީ ނަގާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް މިބަލީގައި 3 މީހަކުވަނީ ނިޔާވެފައެވެ. ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން މަރުވަމުންދާއިރު 3 ދުވަހުގެތެރޭގައި 10 މީހަކު މިވަނީ މިބަލީގައި ނިޔާވެފައެވެ.

މިމަހުގެ ތެރޭ އެކަނިވެސް މިހާތަނަށް 24 މީހަކުވަނީ ނިޔާވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 97އަކަށް އަރާފައެވެ. އެއީ 84 ދިވެހިންނާއި 13 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: