ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފި

ސިޓީކައުންސިލްގެ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފިއެވެ.

މާލެސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި މޭޔަރު، މަގާމުގެ ހުވާ ކުރައްވާފައިވަނީ މިއަދު އޮންލައިންކޮށް ބޭރި ރަސްމިއްޔާތުގައެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކުރަން ޖެހިފައިވަނީ ހުރިހާ ކައުންސިލަރުން މާލޭގައި ނެތުމުންނެވެ. ބައެއް ކަައުންސިލަރުން ތިއްބެވީ ރާއްޖެއިން ބޭރުގައެވެ. އަދި މިއަދު ހުވާ ކުރުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިން ކޮށެވެ.

ގާނޫނު ބުނާ ގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ނައިބު ހޮވާނީ ހުރިހާ މެންބަރުން ބައިވެރިވާ ބައްދަލްވުމެެއްގައި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށްފަހު މާލެސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑެޕިއުޓީ މޭޔަރަކު ހޮވުން ފަސްކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގާފައިވާކަމަށެވެ.

އެހެންކަމުން އެންމެ ފުރަތަމަ ހުރިހާ ކައުންސިލަރުން އެކުގައި ތިބެގެން ބޭއްވޭ ޖަލްސާގައި ޑެޕިއުޓީ މޭޔަރަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްވެފައިވާއިރު މާލޭގެ މެޖޯރިޓީ އޮތް އިދިކޮޅު ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވަރުގަދަ ވާދަވެރި ކަމެއް އެބައޮތެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝްވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: