ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނަން: ނަޝީދު

ރައީސް ނަޝީދާއި ސާބެ، ބާލިންގެ މިލިޓަރީ ހޮސްޕިޓަލް ތެރޭގައި މަޑުކޮށްލައިގެން -- ފޮޓޯ: އީވާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މައްސޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމުގެ ގޮތުން މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ހާއްސަ މެސެޖެއްގައެވެ.

އެގޮތުން ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލައެއް އަމާޒުކޮށް ދެވިފައިވަނިކޮށްކަމަށެވެ. އަދި މިނުރައްކާތެރި ބިރުވެތި ހާލަތުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހީވާގިކަމާއެކު މެންބަރުން މަސައްކަތްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަށްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްސޫލިޔަތު އަދާކުރުމުގައި ހިތްވަރާއެކު ދެމިހުންނަވާނެކަމަށެވެ.

“މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގެންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނަން.” ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.

ގައުމުގެ މަސްލަހަތު އިސްކުރައްވައި ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަޔާއި މަންފާއަށް މެމްބަރުން މަސައްކަތް ކޮށްދެއްވާނެ ކަން ޔަގީން ކަމަށް ނަޝީދު ވިދާޅުވި އެވެ.

“މާތްﷲ ގެ އިރާދަފުޅާއެކު މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ތިޔަ އެންމެ އިއްޒަތްތެރި މެމްބަރުންނާއެކު އަޅުގަނޑު ބައިވެރިވާނަން. ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރާނަން.” މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: