ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް 241 ކޮމިޓީން ފާސްކޮށްފި

ފޮޓޯ-ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާ އާއި ގުޅިގެން އެ ހަމަލާގެ މައްސަލަ ހިމެނޭހެން ހަރުކަށި ފިކުރާ ގުޅިގެން މީގެ ކުރިން ނުނިމި ހުރި ހުރިހާ މައްސަލަތަކެެއްގެ ތަހުގީގު އަވަސްކުރުމަށް ފުލުހުންނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ފާސްކޮށްފި އެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މައްސަލަ ބެއްލެވި 241 ކޮމިޓީން މިއަދު ވަނީ ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ ހަ ކަމަކަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ޓެރަޒިމްގެ އެފަދަ މައްސަލަތައް ތަހުގީގުކުުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލައި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުުރުމަށް ފުލުހުންނަށް ދެންނެވުމަށްވަނީ ނިންމާފައެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރާ ގުޅޭ އެންމެހައި މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭނެ ގޮތަކަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ކޮމިޓީގެ ބައެއް ނިންމުންތަކުގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިވަގުތުގެ ތަހުގީގު ކުރިޔަށް ދާ ގޮތާއި، އަދި ފުލުހުންނަށް ހުށަހަޅަންޖެހޭ ކަންތައް ކޮމިޓީން ފޮނުވުން ހިމެނެ އެވެ. އެގޮތުން ކުށްވެރިންނަށް ހެކިތައް ނައްތާލުމަށް ވަގުތު ނުދީ، މައްސަލައަށް ބޭނުންވާ ހެކި ހޯދުން އަވަސް ކުރުމަށް ހުށަހެޅުމާއި، ތަހުގީގު ކުރިޔަށް ގެންދިއުމުގައި މިފަދަ މައްސަލަތައް ބެލުމުގައި ތަޖުރިބާ ހުރި ފަންނީ އަދި ގާބިލު މީހުންގެ އެހީތެރިން ހޯދުމާއި، ތަހުގީގު ކުރިޔަށް ދާވަރަކުން ކޮމިޓީއާއި ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް ހުށަހެޅުމަށް ފުލުހުންނަށް ދެންނެވުމާއި، ރައީސް ނަޝީދަށް މިފަދަ ބޮޑު ހަމަލައެއް ދިނުމަށް ބަޔަކު ރާވަމުން ދިޔަކަން އިންޓެލްއަށް ނޭނގުނު ސަބަބާއި، އެމަނިކުފާނަށް ފުލް ސެކިއުރިޓީއެއް ފޯރުކޮށް ނުދެވި ސެކިއުރިޓީ ބްރީޗްއެއް އައި ގޮތުގެ ތަހުގީގެއް ހިންގުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި މަހުގެ 06 ގައި ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް އައިއީޑީއެއް ގޮއްވާލުމާއި ގުޅިގެން ލިބުނު ޒަހަމްތަކަށް އެމަނިކުފާނު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގެ ބާލިންގަ އެވެ. އެ ހަމަލާގައި ހަށިގަނޑުގެ ގިނަ ތަންތަނަށް ފުން ޒަހަމްތަކެއް ލިބި، އޭޑީކޭގައި 16 ސާޖަރީއެއް ކުރަން ޖެހުނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ސެކިއުރިޓީ ބްރީޗްއެއް އުޅޭކަމުގެ ވާހަކަތައް ދެކެވޭއިރު، ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާކަމުގެ އެއްވެސް އިންޓެލް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ. މައްސަލައިގެ ތަހުގީގު ތެރެއިން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އައިއީޑީ ގޮއްވާލުމުގައި އިތުރު ބައެއްގެ އަތެއް ވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: