ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި ފަލަސްތީނުގެ ކުށެއްނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން މަޖިލީހުން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ. އަދި އިޒްރޭލުން ހިންގަމުންމިދާ ލާއިންސާނީ އަމަލްތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ބިން ހިސޯރުކޮށް ގެއިން ނެރެ، އެގައުމުގެ ރައްޔިތުންގެ މުދަލާ ފުރާނައަށް ދެމުންގެންދާ ހަމަލާތައް އިޒްރޭލުންވަނީ ކުށްވެރިކޮށްފައެވެ. އަދި މާތްވެގެންވާ ރަމަޟާންމަހު އަޤްސާ މިސްކިތުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒްކޮށްދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ހިލާފު މެދުއިރުމަތީގެ ސުލްހަވެރިކަން ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމެއްކަމަށް ފާހަގަ ކުރައްވާ މިކަން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުން އަބަދުވެސް ސާބިތުކަމާއިއެކު ފަލަސްތީނުގެ ރައްޔިތުންނާއި އެކު ތިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާމެދު އިސްރާޢީލުން ހިންގާ ޢުދުވާންތައް ކުށްވެރިކުރުމުގެ ގޮތުން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިއަދު ވަނީ ހުށައަޅާފައެވެ.

އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އިޒުރޭލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ޙަމަލާތައް ހުއްޓާލަންދެން އެ ޤައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާއި އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން މިކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.

މަޖިލީހުން މިއަދު މި ބަޔާން އާއްމުކުރިއިރު، އިސްރާއީލުން، ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އުދުވާނުތައް ހުއްޓާލަންދެން، އިސްރާއީލު ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. ޝިޔާމްގެ އިތުރުން ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެއީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ދައުލަތުން ކުރެވެން ހުރި ކަންކަން ކުރުމަށް ގޮވާލާ މައްސަލައެކެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ، އޮންނަ ގޮތަކީ ގުރެއް ނެގުމަށް ފަހު ގުރުއަތުން ހޮވޭ ކުއްލި މައްސަލައެއް ކުރިއަށް ގެންދިއުމަށްކަމުން، ގުރުއަތުން ހޮވިފައިވަނީ ޝިޔާމްގެ ކުއްލި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. މެމްބަރުންގެ މެދުގައި މި މައްސަލައަށް މިއަދު ބަހުސްކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: