ލާމު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19 ޓެސްޓެއް ނުހެދޭތީ އެ އަތޮޅު ތަމްސީލު ކުރައްވާ އެމްޑީޕީ ދެ މެމްބަރުންވެސް ކަނބޮޑުވުން ފާޅުކޮށްފިއެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ކަރަންޓީނުވާން ޖެހިފައިވާ ފަރާތްތަކުގެ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެ، ކަރަންޓީނުގައި އެތަކެއް ދުވަހު ހުންނަންޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
”ޓެސްޓު ހެދުމަށް މާލެ ފޮނުވުމުގެ ބަދަލުގައި ގަން ރީޖަނަލް ހޮސްޕޮޓަލް އިން މި އިންތިޒާމު ހަމަޖެހޭނެގޮތް ސަރުކާރުން ރާވަންޖެހޭ.” ސިރާޖު ވިދާޅުވިއެވެ.
ސިރާޖުގެ އިތުރުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިސާމް ވިދާޅުވީ ލ. އަތޮޅުގައި 300އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި ކަމަށާއި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުން ލަސްވެ، ނަތީޖާގެ އިންތިޒާރުގައި ކަރަންޓީނުގައި ރައްޔިތުން ތިބެންޖެހޭ ކަމަަށެވެ.
”ޓެސްޓު ހެދުމަށް މާލެ ފޮނުވުމުގެ ބަދަލު، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން މި އިންތިޒާމް ހަމަޖެހޭނެ ގޮތެއް ރާވަންޖެހޭ.” ވިސާމް ވިދާޅުވިއެވެ.
ލ. އަތޮޅު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހާކު ރޭ ވަނީ މަރުވެފައެވެ.
ރޭ ދަންވަރު 1:54ގައި މަރުވެފައި ވަނީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ރޭ 3:01 ގައި މަރުވެފައި ވަނީ 69 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީ ލ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހުންނެވެ.
4 Responses
އެބޭފުޅުންތަމްސީލު ކުރާ ސަރުކާރު އޮތް އިރު އެކަމާ ވާހަކަ ދެއްކުމުގެ ބަދަލު ޖެހޭނީ އެކަން ހަމަޖައްސަން ނޫންތޯ؟ އެތަނުގައި އެކްސްރޭ އެއްވެސް ނެގެން ނެތްކަން އެބޭފުޅުންނަށް އެނގޭބާ؟ މައުލޫމާތު ލިބޭ ގޮތުން ނަމަ ގަމު ރީޖަނަލްހޮސްޕިޓަލް ގެ ހާލަތު ދުވަހުކު ނުދާހައި ދަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ
ދޫނުދީ ހިފަހަތްޓާތި ކޮއްދޭބެކަމަށް ތިބެގެން އެއްކަމެއްބެސް ނުވާނެެ
މާލެ ދިއުން ނޫންގޮތެއް އަދިވެސް ނެއް..2021 އައި އިރުވެސް، ރާއްޖެތެރޭ މީހުން،..މިހެންކިއުން ނިމުމަކައް ނާދެ…އެކަމަކު ހަމަ ދިވެހި ރާއްޖޭގެ ރައްޔިތުން…
އަންހެނެއް ނިޔާވީ 69 އަހަރުގެ