ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސަގެ ދިފާއަށް ގާސިމް: “އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއް ވެސް”!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަކީ “ކިތަންމެ ބޮޑު ދޮގެއް” ވެސް ހަދާފާނެ ބައެއްކަމަށް ބުނެ ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ދިފާއުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.

މެމްބަރު އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ މީޑިއާތަކުގައި ފެންމަތިވީ އިއްޔެ އެވެ. އެ މައްސަލައިގައި އަނިޔާތަކެއް ލިބުނު އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ވަނީ މައްސަލަ ފުލުހުންގެ އެފްސީޕީޑީއަށް ހުށަހަޅުއްވާފައެވެ. އަދި އިއްޔެ ބަޔާން ވެސް ދެއްވި އެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެެވެ. އަދި އީސަ ވަނީ ދެ ބޭފުޅުންގެ ދެ އަހަރު ވެސް ނުވާ ތުއްތު ކުއްޖާ ނުވަ ވަނަ ފަންގިފިލާއިން ބިންމައްޗަށް ވައްޓާލާނެ ކަމުގެ އިންޒާރުތަކެއް ވެސް ދީފަކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ގޭތެރޭގައި އަޑުގަދަ ވާން ފެށުމުން އެ މައްސަލަ ހުށަހަޅާފައިވަނީ އެ މީހުންގެ އަވައްޓެރިއެކެވެ.

އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާއިރު އޭނާގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވަމުން ދަނިކޮށް މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ގާސިމް ވިދާޅުވީ ތުހުމަތެއް ބިނާވަނީ މީހަކު ބުނާ ބުނުމުގެ މައްޗަށްކަމަށް ވާނަމަ އެ މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.

ދެ ބޭފުޅުންގެ ތުއްތު ދަރިފުޅުގެ ފޮޓޯއެއް ގްރޫޕަށް ލައި ގާސިމް ވިދާޅުވީ ކުއްޖާ ބެލްކަނިން ވައްޓާލަން އުޅުން ކަމަށް ތުހުމަތުކުރިޔަސް އީސަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އަންހެނުން ކިތަންމެ ބޮޑު ދޮގެއް ވެސް ހަދާފާނެ ކަމަށް ވިދާޅުވި އެވެ. އެހެން ބުނުމަށް ފަހު ގާސިމް ވަނީ ބްރެކެޓެއްގެ ތެރޭގައި “ފިރިހެނުން ވެސް” ޖައްސަވާފަ އެވެ.

އީސަގެ ދިފާއަށް ގާސިމް ގިނަ ވާހަކަތަކެއް ދެއްކެވިއިރު، އޭގެ ސްކްރީންޝޮޓުތައް ނޫސްވެރިންނަށް ވަނީ ލިބިފަ އެވެ.

އީސަ އާއި އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ދިރިއުޅުއްވި އެޕާޓްމަންޓް ތެރެއިން އަނިޔާގެ އަޑު އަވައްޓެރިންނަށް ވެސް އިވިފައި ވާއިރު އެ ހާދިސާ އަށް ފަހު، އަސްރާ ޑޮކްޓަަރަށް ވެސް ދައްކަން ދިޔަ ކަމަށްވެ އެެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިއިރު އެ ކުއްޖާއަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ އަސަރުކޮށްފައިވާ ކަމަށް ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: