ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސަގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމް.ޑީ.ޕީގެ މެމްބަރު އަޙްމަދު ޢީސާގެ މައްޗަށް އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގުމަށް ކަމާބެހޭ މުވައްސަސާތަކަށް އެމްޑީޕީން ގޮވާލައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހްމަދު އީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުހުމަތުތަކެއް އޭނާގެ އަންހެނުން ވަނީ ކޮށްފައެވެ.

މިކަމާގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްްގަައި ބުނީ، އީސާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގަވައިދެއްވުމަށް އެ ޕާޓީން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދުވަނީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ގެވެށި އަނިޔާގެ ތުހުމަތާއެކު އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އީސަ މުގަރިރުކަމުން އިސްތިއުފާ ދިނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: