ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ބެކްލޮގަކާއި އެކު ޕޮޒިޓިވްވި އަދަދު ދެހާހުން މައްޗަށް!

ޕޮޓޯ-ވަގުތުފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިތުރު 2،194 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ބައި ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައް ކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 691 މީހުންނެވެ. މީގެ ތެރޭގައި މިމަހުގެ 15 ވަނަ ދުވަހު ނެގި 60 ސާމްޕަލަކާއި، 16ވަނަ ދުވަހުގެ 79 ސާމްޕަލް، 17ވަނަ ދުވަހު 541 ސާމްޕަލާއި، 18ވަނަ ދުވަހުގެ 812 ސާމްޕްލާއި، 19 ވަނަ ދުވަހުގެ 640 ސާމްޕަލް ހިމެނޭ ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. މިއާއެކު މިއަދު ޖުމްލަ 2،194 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއީ ރާއްޖޭގައި އެއްދުވަހެއްގައި އެންމެ ގިނަ ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރި ދުވަހެެވެ. އަދި ޕޮޒިޓިވްވި މީހުންގެ އަދަދު 2000 އިން މަތިވި ފުރަތަމަފަރުވެސްމެއެވެ.

އެންމެ ފަހުން ޕޮޒިޓިވްވި 2،194 މީހުންގެ ތެރޭގައިވެސް ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ ސަރަޙައްދުން 1698 މީހުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވީ 467 މީހެކެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 29 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 50،802 އަށް އަރާފައެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 20،000 އަށްވުރެ އިތުރުވެފައެވެ. އެގޮތުން މިވަގުތު 20،276 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 558 ކުއްޖަކާއި، 65 އަހަރުން މަތީގެ 91 މީހުން ހިމެނެއެވެ. މީގެތެރެއިން 280 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު މީގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 759މީހުން ވަނީ މިބަލުން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 30،403 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7259 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 114މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 99 ދިވެހިންނާއި 15 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: