ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިނަށް ހޭލުންތެރިކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިކުންނަނީ

ފޮޓޯ - މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ވެކްސިން ނުޖަހައި ތިބި 60 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކް މީހުން ވެކްސިން ޖެހުމަށް ބާރު އަޅައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ޕްރޮގްރާމް ހިންގުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ހެލްތު މިނިސްޓްރީއާ އެޗްޕީއޭއާ ގުޅިގެންނެވެ. މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ވަނީ މީޑިއާތަކާ ބައްދަލު ކުރުމަށް ވެސް ނިންމާފަ އެވެ.
ރާއްޖޭގައި މިހާރު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިންނެވެ. އެގޮތުން 18 މަތީގެ މީހުނަށާއި ފުރަތަމަ ޑޯޒް ޖެހުމަށްފަހު ތިން ހަފުތާ ވެފައިވާ މީހުނަށް ސިނޮފާމް ވެކްސިން އަންނަނީ ޖަހައިދެމުންނެވެ.

މިހާތަނަށް 304،861 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 151،079 މީހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: