ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ދެވަނަ މަރާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 122 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

މިއީ މިއަދު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ދެވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން މިއަދު 16:15 ގައި މަރުވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއާއި އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 122 އަށް އަރާފައެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 48 ވަަނަ މީހާއެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވަމުން ދާއިރު، މެއި މަސް ފެށުނު ފަހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންޓްރޯލުން ނެެއްޓި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 1000އިން މައްޗަށް އަރާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: