ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަދުތައް ތިރިއެއް ނުވޭ! މިއަދު 1960 ޕޮޒިޓިވް ކޭސް

ފޮޓޯ-ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިއަދު އިތުރު 1،960 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 54،365އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުކުރުދުވަހުގެ އިރޮއޮއްސި ހަޔަކުން މިއަދު އިރޮއޮއްސި ހަޔަކަށް 1،960 މީހުންވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،518 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 431 މީހުންނާއި، ރިޒޯޓްތަކުން ޕޮޒިޓިވްވި 11 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 54،365 އަރާފައެވެ. އަދި ރާއްޖޭގައި މިހާތަނަށް ޖުމްލަ 31،812 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 22،421 އަށް އަރާފައެވެ. މިއާއެކު މިބަލީގައި މިވަގުތު އެޑްމިޓްކޮށްގެން 294 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 615 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 31،812 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،333 ސާމްޕަލެއްވަނީ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ނަގާފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 123 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: