ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން ޒައިދު ވެސް ޖެހުނީ ފޮޓޯ ދައްކަން!

ޝެއިހް ޒައިދު އާންމުކުރި ފޮޓޯ—
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ފޮޓޯއެއް އެޑިޓް ކޮށްގެން ދައުރުކުރަމުންދާތީ އެ ފޮޓޯގެ ހަގީގަތް އޭނާ ހާމަކުރައްވައިފިއެވެ.

ސޯޝަލް މީީޑިއާގައި ދަރުވަމުންދާ ފޮޓޯގައި ފެންނަނީ ލޯންޗެއްގެ ތެރޭގައި ޒައިދު އެހެން ފިރިހެނެއްގެ އުނގުގައި އަތް ބާއްވާލައިގެން އިންނަ މަންޒަރެވެ. މިކަމާ ގުޅިގެން ބައެއް މީހުން އަންނަނީ ޒައިދަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް ފުރައްސާރަ ކުރަމުންނެވެ.

އެ ފޮޓޯގެ ހަގީގަތް ހާމަކުރައްވައި ޒައިދު ވިދާޅުވީ އެއީ އޭނާ މަހަަށް ދިޔަ ދުވަހުގެ ފޮޓޯއެއް ކަމަށާއި ލޯންޗަަށް ހަނދި ނެގީ އޭނާ ކަމަށެވެ.

“މި ފޮޓޯ އެޑިޓްކޮށް، ވަކި ފިކުރަކަށް ތާއީދުކުރާ ބަޔަކު ނުބައި ވާހަކަތަކެއް ދައްކާތީވެ އަސްލު ފޮޓޯ ދައްކާލީމެވެ.” ޒައިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކުގެ ފޮޓޯއެއް ނަޝީދުގެ ވަގު އެކައުންޓް، އެލެކްސް އަހުމަދު ޓްވީޓު ކުރައްވައި ހަމަލާގެ ސަބަބުން ލިބުނު އަނިޔާގެ ފާރުތައް އެބަ ހިކޭ ކަމަށާއި ބައެއް ބޭފުޅުންނަށް ވީގޮތް އަދި ވާވަރު ސާފު ނުވާތީ ދަންނަވާލީ ކަމަށްބުނެ ވަނީ ފޮޓޯ އާއްމުކޮށްފައެވެ.

މިފޮޓޯއާ ގުޅިގެން ނުސީދާކޮށް ނަޝީދަށް ރައްދު ދެއްވަމުން ޒައިދު ވަނީ ހުރިހާ މީހުންވެސް އައުރައަށް ރައްކާތެރިވުމަށް ވިދާޅުވެފައެވެ.

ޝައިހް ޒައިދު ނުސީދާކޮށް ނަޝީދަށް އަމާޒުކޮށް އެހެން ވިދާޅުވުމުން ބައެއް މީހުން ވަނީ ނަޝީދަކީ އެވަގުތު ބަލި މީހެއް ކަމަށްބުނެ ޝެއިހަށް ފާޑުކިޔަމުންވެ. އެކަމަކު ޒައިދު ވަނީ ޤުރުއާނާއި ސުންނަތުން ކޮންމެ ހާލަތެއްގައިވެސް އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންވެސް އައުރަ ނިވާކުރުމުގެ މުހިންމުކަން ސާބިތުވާ ކަމުގެ އާޔަތްތައް ޓުވިޓާގައި ހިއްސާ ކުރައްވާފަ އެވެ.

ވަރަށް ގަދަ
48%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 2%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: