ކޮވިޑް ޖެހިގެން އިތުރު ތިން ދިވެއްސަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން މަރުވެފައި ވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކާއި، 68 އަހަރުގެ އަންހެނަކާއި، 79 އަހަރުގެ އަންހެނެއް ކަމަށެވެ.
އެ ތިން މީހުންނަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ތިން މީހުންނެވެ.
އެ ތިން މީހުންނާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 129 އަށް އަރާފައެވެ.