ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި މިއަދު 7 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހުގެން މަރުވި މީހެއް ޖަނާޒާ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހަތް ވަނަ މީހަކު ކޮވިޑް-19 ގައި މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު މެންދުރު 02:25 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ރޭ 02:02 ހާއިރު އައިޖީއެމްއެޗް އީއާރަށް ގެނެވުނު މީހަކުވެސް ވަނީ މަރުވެފައިވެއެވެ. އެމީހާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއީ މިއަދު ކޮވިޑްގައި މަރުވި ހަތް ވަނަ މީހާއެވެ. މި މަހު މިހާތަނަށް ރާއްޖެއިން 63 މީހަކުވަނީ މިބަލީގައި މަރުވެފަ އެވެ.

ރާއްޖެއިން ޖުމްލަ 136 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: