ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބިންތަކާއި މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބައެއް ބިންތަކާއި މާރުކޭޓު ގޮޅީގެ ކުލި ކުޑަ ކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ފަރާތުން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ މާލޭގެ ދެ މާރުކޭޓް ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަމަށާއި މާރުކޭޓުތަކުގެ ކުލީގައި ވަރަށް ބޮޑު ފުށުއެރުމެއް އުޅޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދިނުމުގެ ގޮތުން އެ ހުރިހާ ތަނަކުން ކުއްޔަށް މިހާރު ނަގަމުންދާ އަދަދުން 30 އިންސައްތަ ކުޑަ ކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

“ކޮވިޑްގެ ކަންކަން ހަމައަކަށް އެޅެންދެން ކުއްޔަށް މިގެނައި ބަދަލުގައި ދެން ކުރިއަށްދާނީ. އާންމު ހާލަތަކަށް ދިޔައީމާ އަލުން އެ ކުލިތައް ރިވައިސް ކުރާނަން،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގައި ނަގަނީ ލޯކަލް މާރުކޭޓުގެ އަކަފޫޓަކަށް ނަގާވަރެއް ނޫން ކަމަށާއި އެހެންކަމުން ލޯކަލް މާރުކޭޓުގެ އަކަފޫޓަކަށް ޖެހޭ ވަރަށް ދަތުރުވެރިންގެ މާރުކޭޓުގައި އެއްގޮތް ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މިރޭ މި ނިންމި ކަންތައްތައް ތަންފީޒު ކުރަން ފަށާނީ މާދަމާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޜަގަޅު އެކަމަކު، ތިކުރާ ކަންކަމުން އާމްދަނީ އަށް އަސަރު ކުރާނެ ވަރު ބަލާލިންތޯ.

  2. މަނިކުފާނުގެ މުސާރައިން ކިހާވަރެއް އުނި ކުރަން ކެރޭނެތޯ

  3. ޥަވަ އަށް ވެދުން ސަލާމް
    ދައުލަތަށް އާމްދަނީ ހޯދޭނީ ރައްޔިތުން އުފާފާގަތިކަންމަތީގައި ދިރިއުޅެގެން އެކިގޮތްގޮތަށް ރައްޔިތުން ފެލާލާލާގެންނާއި ޖުރިމައިނާގެ ފައިސާއިން އާމްދަނީ ހޯދަން އުޅުމަކީ އިޤްތިޞާދީ ޖާހިލުން ކުރާނެ ކަމެއް ކައުންސިލްތަކުގެ މުސާރައްކީ އަމިއްލައަށް ކަނޑައަޅާ އެއްޗެއްނޫން އެއީ ޢިއްޒަތްތެރި މަޖުލީހުން ކަނޑައްޅާއެއްޗެއް ރައްޔިތުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަންދޫބުން އެމީހުންގެ މުސާރަ ކަނޑައެޅުން 2 ވަނަ ފަރާތަކަށް ހަވާލުކުރުން މާބުއްދިވެރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: