ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރުކޭޓުތަކުގެ ސާފުތާހިރުކަން ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ މަސް މާރުކޭޓުގައި މީހަކު މަސް ވިއްކަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ތިން މާރުކޭޓުގެ ވެސް ސާފުތާހިރުކަން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، މަސް މާރުކޭޓުގެ ބައެއް އިިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ މި ކައުންސިލް ވާނީ ރައްޔިތުންނަށް އަޅާލާ، އެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ޓީމަކަށް ކަމަށެވެ. އަދި ކަންބޮޑުވުންތައް އަޑުއަހައި އެކަމުގެ ހައްލު ގެނައުމުގެ މަސައްކަތްތަށް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

މާލޭގެ ތިން މާރުކޭޓުކަމަށްވާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު އަދި މަސް މާރުކޭޓުގެ ހާލަތު ދަށް ވާހަކަ އަބަދުވެސް ދެކެވެ އެވެ. އަދި ތަނުގެ ސާފުތާހިރުކަން ދަށްވެ، ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ކަންތަކުގެ ތެރޭގައި، މި މާރުކޭޓުތައް ރަނގަޅު ފެންވަރަކަށް ގެނައުމަށްޓަކާ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި، ތިން މާރުކޭޓަށް ވެސް ގޮސް ވިޔަފާރިވެރިންޏާއި ބައްދަލު ކުރުމާއި އެކު އާއްމުންގެ ވެސް ހިޔާލު ހޯދާފައިވާނެކަމަށް މޭޔަރު ވިދާޅުވިއެވެ. ތަނުގައި ގިނަ މައްސަކަތަކެއް ހުރިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެންމެންގެ ވެސް އެދުމަކީ ދިމާވާ ދަތިތައް ހައްލުކޮށް ތަން އިތުރަށް ތަރައްގީކޮށް މަރާމާތު ކުރުން ކަމަށެވެ.

ކައުންސިލުން ފާސްކުރި ކަންތަކުގެ ތެރޭގައި، މާރުކޭޓުގެ މައްސަލަ ހައްލު ކުރުން ހިމެނޭކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި، އާ މާރުކޭޓުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްލޭން ކުރިޔަށް ދާކަން އޭނ ފަހަގަ ކުރިއެވެ.

“އަޅުގަނޑުމެން ގާތްގަނޑަކަށް ބައްދަލު ކުރިން މި ތިން މާރުކޭޓުގެ ހުރިހާ ފަރާތްތަކާ.. އިއްޔެ އަޅުގަނޑު ބައްދަލު ކުރިން މަސް މާރުކޭޓުގައި މަސް ގަނެ ވިއްކާ ފަރާތްތަކާއި… އޭގެ ކުރިން އެކި ފަހަރު މަތިން ދިމާވެއްޖެ މަސްވެރިންނާއި. އެ ހުރިހާ ފަރާތްތަކާއި ވެސް ބައްދަލުވެ، މަޝްވަރާކޮށް ނިންމީ މި ހުރިހާ ކަމެއް ވެސް ހައްލު ކުރަން” މުއިއްޒު

މުއިއްޒު ވިދާޅުވީ، މަސް މާރުކޭޓުގެ އަށިތަކުގައި ހަމަހަމަ އުސޫލުން މަސް ވިއްކޭނެ ގޮތެއް ހަމަޖެހުން މުހިންމު ކަމަށެވެ. އެގޮތުން، މަސްވެރިންނަށް އައިސް މަސް ވިއްކޭނެ ފުރުސަތު މިހާރު ނެތްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިހާރު ގަނެ ވިއްކާ ފަރާތްތަކުން މަސް ވިއްކަނީ ކަމަށެވެ. މިއީ މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލެއް ނޫން ކަމަށާއި، އިސްލާހު ކުރާނީ އައިސް ލިބޭނެ ގޮތަށް ކަމަށެވެ.

މީގެ އިތުން މުށި މަސް ނޫނީ ކުދި މަސް ވިއްކާ ފަރާތްތަކަށް ބަންދު ދުވަސްތަކުގައި ވެސް ގޮޅިތައް ބޭނުން ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާރުކޭޓުން ފާހަގަ ކުރެވުނު ކަންތަކުގެ ތެރޭގައި ސާފުތާހިރުކަން ކުޑަވުމުން، ކޮންމެ ދުވަހަކު ވެސް ތަން ސާފު ކުރުމަށް އަންގާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ފަޅުގެ ތެރޭގައި މަސް ވިއްކުމުގެ ހުއްދަ ދޫކުރާއިރު ހުރިހާ އުސޫލަކަށް ފެތޭ އޮޑިތަކަށް ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހުއްދައެއް ނެތް ނަމަ އެތަނުގައި މަސް ނުވިއްކޭނެ ކަމަށެވެ.

މަސް މާރުކޭޓުގެ ސަރަހައްދު އެކީ ސާފު ކުރުމާއި އެކު، ތަނުގެ ވަށައިގެންވާ ކާނުތައް އެކީ ސާފު ކުރުމަށް ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ތަނުގައި ބޭނުން ކުރާ ފެނުގެ ކޮލިޓި ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓުތަކުގެ ހިދުމަތްތައް ދަށްވުމާއި، އަދި ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް މީޑިއާތަކުން ވެސް ދޭތެރެއަކުން ފެންމަތި ކުރެއެވެ. ހާއްސަކޮށް ކޮވިޑުގެ މި ދުވަސްވަރުގެ ތެރޭގައި، ހިދުމަތުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: