ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ބިލް ތަކުންވެސް ރައްޔިތުންނަށް ބޮޑު ލުޔެއް!

ފޮޓޯ-ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫޓިލިޓީ ބިލްތަކުން ޑިސްކައުންޓްދޭން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަން އިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޔޫޓިލިޓީ ބިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޑިސްކައުންޓް ދެއްވަން ނިންމުމާއި ގުޅިގެން އެ ކުންފުނިން މިއަހަރުގެ މެއި މަހުގެ ކަރަންޓް ބިލް ތަކުން 40 އިންސައްތް އަދި ފެން ބިލްތަކުން 30 އިންސައްތަ ޑިސްކައުންޓް ދޭން އެކުންފުނިން ނިންމާފައި ވާކަމަށެވެ. އަދި ވިޔަފާރި ތަކުގެ ފެންބިލާ ކަރަންޓް ބިލުން 20 އިންސައްތަ ޑިސްކައުންޓް އެކުންފުނީގެ ކަސްޓަމަރުންނަށް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

އެކުންފުނިން މިހެން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓް ދޭން ނިންމައިފާވާކަމަށް ރައީސް ވިދާޅުވުމާ ގުޅިގެންނެވެ. ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ބިލުން 40 ޕަސެންޓު ޑިސްކައުންޓް ދޭން ކަމަށެވެ. އަދި ވިޔަފާރިތަކުގެ ކަރަންޓު ބިލުތަކަށް 20 ޕަސެންޓު ޑިސްކައުންޓް ދޭން ކަމަށެވެ

މިދިޔަ އަހަރު ކޯވިޑާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހުވެސް ސަރުކާރުން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެނާއި ކަރަންޓުގެ ޑިސްކައުންޓެވެ. އެފަހަރު ފެން ބިލްތަކުން ވެސް 40 ޕަސެންޓު ކަނޑައިދީފަ ވެއެވެ.

ރައްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން، މާލޭގައި ދަނީ 24 ގަޑިއިރުގެ ކާފިއުއެއް ހިންގަމުންނެވެ. އަދި ރައްޔިތުންނަށް މާލީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި ވިޔަފާރިތަކަށް މިދިޔަ އަހަރެކޭ އެއްގޮތަށް ލުއި ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: