ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 1،200 މީހުން!

ފޮޓޯ-އަދިވެސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން އިތުރު 1،299 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު، މިއަދުން ފެށިގެން މާލޭގައި 24 ގަޑިއިރުގެ ކާފިއުއެއް ވަނީ ހިންގަން ފަށާފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮސްސި 06:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 06:00 އާއި ހަމައަށް 1،299 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 890 މީހަކާއި، އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 334 މީހުންނާއި ރިސޯޓުތަކުން 48 މީހުންނާއި ސަފާރީތަކުން 10 މީހުންގެ އިތުރުން ހަދަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މި ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ވަނީ 24،867 އަށް އަރާފަ އެވެ. މިވަގުތު އެޑްމިޓުކޮށްގެން ފަރުވާ ދެމުންދަނީ 285 މީހުންނަށެވެ.

މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 34،159 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް 5،186 ސާމްޕަލް ނަގާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: