ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތައް ވަގުތީ ހިޔާތަކަށް!

މއ. މޯނިންވިއުގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ/ ފޮޓޯ: އެންޑީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މއ. މޯނިންގ ވިއުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ މި ހާދިސާގައި ގެއްލުންވި 32 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އަލިފާން ރޯވި މި އިމާރާތަކީ ޑެކް އަޅައިގެން 3 ބުރިއަށް ހަދާފައިވާ އިމާރާތެއްކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އަދި މި އިމާރާތަކީ އެއްގޯތީގައި ދެ އިމާރާތް ހުންނަ އިމާރާތެއް ކަމަށާއި އަލިފާން ރޯވެފައިވަނީ މިދެއިމާރާތުގެ ތެރެއިން ހުޅަގަށް ހުންނަ އިމާރާތުގައި ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓްއިން ބުނެފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ޣިޔާސުއްދީން ސްކޫލުގައި ސެންޓަރެއް ގާއިމްކޮށް މޯނިން ވިއު ގޭގެ ދެ އިމާރާތުގައި ދިރިއުޅޭ 56 ފަރާތެއް މި ސެންޓަރަށް ގެންދެވުނުކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 17 ކުޑަކުދިން ހިމެނެއެވެ. މި ސެންޓަރަށް ގެންދެވުން އެންމެންގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައި ވާކަމަށް ބުންޏެވެ.

ގއ. މޯނިންވިއުގައި ދިރިއުޅޭ ފަސް އާއިލާއެއްގެ 32 މީހުންގެ ތެރެއިން 3 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާތީ މި މީހުން ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް އެޗްޕީއޭއިން އަންގާފައިވާތީ އެފަރާތްތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެން ޑީ އެމް އޭ އިންވަނީ ބުނެފައެވެ. އަދި މި ފަރާތަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ އަންނައުނާއި ކާބޯތަކެއްޗާއެކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައި ވަނީ މާލޭގެ 7 ގެސްޓް ހައުސް އަކުންނެވެ.

އަދި މި އާއިލާތަކަށް އަންނަނީ ފައިސާގެ އެހީވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮންމެ މީހަކަށް ދުވާލަކު ކެއުމަށް 200 ރުފިޔާ ދޭން ނިންމާފައިވާއިރު ކުރިޔަށްއޮތް ތިން ދުވަހުގެ ކެއުމުގެ ފައިސާ މިހާރު ދެވިފައިވާކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީންވަނީ ބުނެފައެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ސައިބޯނި ފަދަ ތަކެތި ހިމެނޭ ޕެކެއް ކޮންމެ މީހަކަށް  ވަނީ ފޯރުކޮށްދެވިފައެވެ.

އަދި ކުޑަކުދިންނަށް ބޭނުންވާ ނެޕީއަދި އިތުރު ބޭނުންވާ އެއްޗެހި ވަނީ ފޯރުކޮށްދެވިފައެވެ. އަދި އިތުރު އެހީތެރިކަން ލިބިފައިވާ ގެއްލުމުގެ އެސެސްމެންޓް ހެދުމަށްފަހު ފޯރުކޮށްދޭނެކަމަށް އެން އެން ޑީއޭ އިންވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހުގެ 5:00 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ 6:10 ހާއިރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: