ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އިންސާފު ހޯދައެއް ނުދޭނެ: އީވާގެ މަންމަ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހު ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲގެ މަންމާފުޅު ވިދާޅުވެއްޖެއެވެ.

އީވާގެ މަންމާފުޅު ޒުހައިރާ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ހޯދައެއް ނުދޭނެ ކަމަށާއި އެކަމާ ބަޔަކު ނޫޅޭ ކަމަށެވެ.

“ދެބޯގެރި ދުއްވުން ކަމަކީ!” ޒުހައިރާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވާތީ، އެ ރޭޒާފުއްތައް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް އާއްމުކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ބޭރަށް ފުރާ ވަޑައިގެންނެވީ 13 މެއި ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހަމަލާ އާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދެވެ.

އޭގެ ތެރެއިން އަދުހަމް ހައްޔަރު ކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ތަހުމީން އާއި މުޖާޒު ހައްޔަރު ކުރީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ގޮއްވާލުމަށް ރިމޯޓަށް ފިއްތާލި ކަމަށް ބެލެވޭ މީހާ އެވެ. ތަހުމީން އަކީ އެ ސައިކަލުގެ ވެރިމީހާ އެވެ. އަދި މުޖާޒު އަކީ އަދުހަމް އާއި ގުޅުން ހުރި މީހެކެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ އިތުރު މީހަކުވެސް ހައްޔަރު ކޮށްފަ އެވެ. ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހު ހައްޔަރު ކުރީ ބ. ދަރަވަންދޫގައި ހުއްޓަ އެވެ.

ނަޝީދުގެ ހަމަލާއާ ގުޅިގެން ޕާލިމަންޓްރީ އިންކުރައީއެއް ހަދަމުން އަންނައިރު، އެކަމާ ގުޅިގެން ސަރުކާރުންވެސް ވަނީ ކޮމިޓީއެއް ނަގައި، އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 58%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދޫނި ރާއްޖޭ އަކީ ފެށުނީއްސުރެން ވެސް ދެ ބޯ ގެރި ރައްޔަތުން ލައްވާ ދުއްވާ ޤައުމެއް އެކަން ނޭނގޭ ފަޙުރުވެރި ދިވެއްސެއް ދޫނި ރާއްޖެއަކު ނެތް…..އަދި އެބުނާ ގެރި ތަކުގެ ލަގަން އަބަދު ވެސް އޮންނަން ޖެހޭ ކަމަށް ޤަބޫލު ކުރަނީ ދޫނި ރާއްޖޭގެ ޙަޒާނާ އަށާއި ތަރިކަ އަށާއި ވެރިކަމުގެ ނިޒާމަށް ދަހިވެތިވެ ވަކިއަޅަން އުޅޭ އަދި މިހާރުވެސް ވަކިއަޅައިގެން ނެއްޓެން ނޭނގިގެން އުޅޭ މަދު ބައެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: