ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި މަހުގެ ބިލްތަކުންވެސް އެމްްޑަބްލިއުއެސްސީއިން ޑިސްކައުންޓް ދޭން ނިންމައިފި

ފޮޓޯ-މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މި ނިންމި ނިންމުމާއެކު މާލެ ވޯޓާ އެންޑް ސެވެރެޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމްޑަބްލިއުއެސްސީ އިންވަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ލުއިތަކުގެ ގޮތުން ފެނާ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ވަނި ނިންމާފަ އެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓެއްގެ އިތުރުން ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް މި ހިނގަމުންދާ މެއިމަހުގައި ދިނުމަށް ނިންމާފައިވަކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީއިން ރ. ދުވާފަރަށް ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ހިދުމަތުންވެސް ޑިސްނައުންޓް ދޭން ނިންމާފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް މެއި މަހުގެ ކަރަންޓްބިލުން 40 އިނަސައްތަ އަދި ވިޔަފާރިތަކުގެ ކަރަންޓްބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެކަމަށް އެކުންފުނިންވަނީ ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ ކޮވިޑްގެ މިހާރުގެ ދިމާވެފައިވާ މިހާލަތާ ގުޅިގެން ސަރުކާރަށް ދޭންޖެހޭ އެންމެހާ އެއްބާރުލުން ދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: